ރައްޔިތުންގެ ބައްދަލުވުމަށް ދެންނެވުން
އާއްމު އިއުލާނު
ނަންބަރު :
(IUL)308/2023/27
ޕަބްލިޝްކުރި ތާރީޚު :
23 މޭ 2023
ސުންގަޑި :
-
ތިރީގައި ދަންނަވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް، 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ.
- ބަނދަރު ބެލެހެއްޓުމުގެ ޤަވާޢިދާއި އުސޫލު އެކުލަވާލުން.
- ޑިންގީ ޖެޓީގެ ފައްތިޔާ ވިއްކާ އަގާއިމެދު މަޝްވަރާކުރުން.
- ކުލީ ބިންތަކުގެ މުއްދަތު އައުކުރުމާއިމެދު ރައްޔިތުން ދެކޭގޮތް ހޯދުން.
- ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އޮޑި އެހެލުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރުން. އަދި އެތަން ތަރައްޤީކޮށް ނިމުމުން، ރަށުގެ ހުޅަނގު އުތުރު އޮޑިއެހެލާ ސަރަޙައްދު މޫދަށް އެރުމަށް ޚާއްޞަކުރުމާއިމެދު ރައްޔިތުން ދެކޭގޮތް ހޯދުން.
- ތަރައްޤީކުރުމަށް ކައުންސިލުން ސަރުކާރަށް ހުށަހެޅި ރަށުގެ މަގުތަކާއިމެދު މަޝްވަރާކުރުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
© 2025 މާޅޮސްޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް